ads
ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެން: ވިދާޅުވީ ބޮޑުފާރަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެންފި
ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީހީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެ އެވެ. 

އަދި ޗައިނާގެ ނަންހުރި ހަޟާރަތަށް ތާރީފުކުރައްވާފައިވެ އެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުންނާއި އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. އެ ފާރަކީ 21،000 ކިލޯ މީޓަރު ހުންނަ ޗައިނާގެ ތާރީހީ މުހިންމު ބިނާއެ ކެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސް ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް