ads
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގުން
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 10 އަދި 11 ވަނަ ދުވަހު ތާޖުއްދީން ސުކޫލު ހޯލުގަ އެވެ. މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާއިރު އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުން ވެސް މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

މި ޕްރޮގްރާމުގައި 543 މީހުން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގެ 7 ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެ އެވެ. 

ރޯޑް ޕޮލިހުން ކުރިއަށް ގެންދާ މި ޕްރޮގްރާމްކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް