މިދިޔަ އަހަރާ އަޅާބަލާއިރު ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު، އަދިވެސް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން މި އަހަރު ވެސް ދިފާއުކޮށްފި އެވެ.

Advertisement
ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ފަސޭހަކަމާއެކު އެތެރެވެވޭ ގައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިފަހަރު ވެސް ރޭންކް ކުރެވިފައިވަނީ މި ސަރަހައްދުން އެއްވަނައިގަ އެވެ. އެއީ މުޅި ދުނިޔެއިން 58 ވަނައިގަ އެވެ.
ދިވެހި ޕާސްޕޯޓާއިއެކު މިހާރު 94 ގައުމަކަށް ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވެ އެވެ.
ސާކް ސަރަހައްދުގެ އެހެން ގައުމުތަކުގެ ރޭންކް
- އިންޑިއާ: 80 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 62 ގައުމަކަށް
- ބޫޓާން: 87 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަކަށް
- ޕާކިސްތާން: 101 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 34 ގައުމަކަށް
- އަފްގާނިސްތާން: 104 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 28 ގައުމަކަށް
- ބަންގުލަދޭޝް: 97 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 42 ގައުމަކަށް
- ސްރީލަންކާ: 96 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 43 ގައުމަކަށް
- ނޭޕާލް: 98 ވަނަ، ވިސާއާ ނުލައި ދަތުރުކުރެވެނީ 40 ގައުމަކަށް
ޕާސްޕޯޓް އިންޑެކްސްގައި މިފަހަރު އެއްވަނަ ހަ ގައުމަކުން ވަނީ ހޯދާފަ އެވެ. އެއީ ފްރާންސް އާއި ޖަރުމަނާއި އިޓަލީ އާއި ސިންގަޕޫރާއި ޖަޕާން އަދި ސްޕެއިން އެވެ. އެގޮތުން އެ ގައުމުތަކަށް ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާއި ނުލާ 194 ގައުމަކަށް ދަތުރުކުރެވެ އެވެ.