އުރީދޫން ބުނީ މި އެއްބަސްވުމުގައި ސޮއި ކުރީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ފޯރުކޮށްދިނުމަށްޓަކައިކަމަށެވެ.
މި އެއްބަސްވުން އިއުލާނުކުރެވުނީ އުރީދޫ މޯލްޑިވްސް ގެ ހެޑްކުއާޓާސް ގައި މާސްޓާކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިން އޮފިސާ ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖާ ފޯރް ސްރީ ލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގަ އެވެ.
ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އޫރީދޫ މޯލްޑިވްސް އަބަދުވެސް ކުރަމުންދާ މަސައްކަތެކެއްކަމަށާއި މާސްޓާކާޑާއެކު މިވެވުނު އެއްބަސްވުމަކީވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެކެއްކަމަށް ހާލިދު މި ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މާސްޓަކާޑު ކުންފުނީގެ ދެކުނު އޭޝިއާ ސަރަހައްދުގެ ސީއޯއޯ ވިކާސް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފާތަކެއް އެ ކުންފުނިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން ހުޅުވާލާނެ އެވެ.
މާސްޓާކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ވެވުނު މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓާކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފާތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކު އުރީދޫ އާއެކު ފުރިހަމަވެގެންދާނެކަމަށް އުރީދުން ފާހަގަކުރި އެވެ.