ads
ކުޑަކުއްޖަކަށް އަނިޔާ ކުރި މީހަކު ހައްޔަރުކޮށްފި
ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފަ އެވެ.

މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނަވަނީ ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކާ ހިލާފުވެފައެވެ. އަދި އެ މީހާ ކުޑަ ކުއްޖާއަށް އަނިޔާކޮށްފައިވާ ކަން ފުލުހުންނަށް ލިބިފައިވާ ފޮޓޯތަކުންވެސް އެނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާ ހައްޔަރުކުރި ދުވަހުވެސް ފުލުހުންވަނީ ތިން ފަހަރެއްގެ މަތިން އެ މީހާއާ ވާހަކަ ދައްކައި އެ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް ނަސޭހަތް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް