ads
ސްޓެލްކޯއިން ގެނައި ޖަނަރޭޓަރު ސެޓުތައް
ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ސްޓެލްކޯ އަށް ގެނެސްފި
1.6 މެގަވޮޓްގެ ދެ ހައިސްޕީޑް ކޮންޓެއިނާ ޖަނަރޭޓަރުސެޓް ރާއްޖެ ނެގެސް ބެހެއްޓުމުގެ މަސައްކަތް ފަށައިފި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިއީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި، ގެނައުމަށް ހަމަޖެހިފައިވާ ޖެނަރޭޓަރު ސެޓްތަކުގެ ތެރެއިން ގެނެވުނު ދެ ޖަނަރޭޓަރުސެޓް ކަމަށާއި އަދި ޕީކް ސީޒަންގެ ކުރިން މީގެ އިތުރު 2 ޖެނަރޭޓަރު ސެޓާއެކު ޖުމްލަ 6.4 މެގަވޮޓް އަޅުގަނޑުމެންގެ ޕަވަރ ޖަނަރޭޝަން ކެޕޭސިޓީއަށް އިތުރު ކުރެވިގެންދާނެކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނެފައި ވަނީ މިއާއެކު ޕީކް ސީޒަންގައިވެސް ރައްޔިތުންނަށް މެދުނުކެނޑި 24 ގަޑި އިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު މާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީ އިތުރުކުރެވިގެންދާނެ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓާ ހުސައިން ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯ އަބަދުވެސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށާއި އަދި ކުންފުނީގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އުއްމީދާއި، ރޫޙު އަބަދުވެސް ހުންނާނީ އެމަގަށް ކަމުގައެވެ. 

"އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޕަވަ ޕްރޮޖެކްޓް، ސިކްސްތު ޕަވަ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވި، އިންގިލާބީ ހެޔޮބަދަލެއް ރާއްޖޭގެ ކަރަންޓުގެ ސިނާއަތައް އަޅުގަނޑުމެން މި ވެރިކަމުގައި ގެންނާނަން،" ހުސައިން ވިދާޅުވި އެވެ.

އަދި މިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓާއި، މުވައްޒަފުން ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް