ads
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު
އިންޑިއާއާ އެކު ގާތް ގުޅުމަށް އެދޭ މީހުނާއި އެކު ގުޅުންތައް ދެމެހެއްޓޭ: ޖައިޝަންކަރު
އިންޑިއާއަށް ފައިދާވާ ގޮތަށް ހާރިޖީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި މިދިޔަ 10 އަހަރު ވަރަށް ކާމިޔާބުކަމާ އެކު ގައުމުތަކާ އެކު ގުޅުން ބަދަހިކުރެވިފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
Advertisement

ޖައިޝަންކަރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ނާގްޕޫރު، މަހަރާޝްތްރާގައި އިއްޔެ ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގަ އެވެ.

ވޭތުވެ ދިޔަ 10 އަހަރުގައި ކާމިޔާބު ކަމާއެކު ގައުމުތަކާއެކު ގުޅުން ބަދަހިވުމުގެ ސަބަބުން ސިޔާސީ ބަދަލުތަކާ އެކު ވެސް، ގައުމުތަކުގެ މީހުން އިންޑިއާއާ މެދު ދެކޭ ގޮތް ބަދަލެއް ނުވާނެ ކަމަށާއި އަދި އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުމުގެ މުހިއްމުކަން ގައުމުތަކުގެ މީހުން ދަންނަ ކަމުގައި ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.

މަގު ހެދުމާއި ކަރަންޓު ފޯރުކޮށްދިނުމާއި ތެޔޮ ފޯރުކޮށްދިނުމާއި ވިޔަފާރީގެ ގުޅުންތައް މަގުފަހިކޮށްދިނުމާއި އިންވެސްޓް ކުރުމާއި އެކި ގައުމުތަކުގައި މީހުން ޗުއްޓީ ހޭދަކުރުމަކީ ހުސް ދޭދޭ ގައުމުތަކުގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަންކަން ކަމުގައި ފާހަގަ ކުރައްވައި ޖައިޝަންކަރު ދެން ވިދާޅުވީ ދެ ގައުމެއްގެ ދެމެދު އޮތް ގޯސްވެއްޖެ ނަމަ ނަމަ، ދެން ކަން ކުރަން ޖެހޭ ގޮތަކީ، މީހުންނަށް ވިސްނައިދީގެން، އެކަން ރަނގަޅުކުރަން މަސައްކަތް ކުރުން ކަމުގަ އެވެ.

"މި ސަރަހައްދުގެ ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާ އިން ގެންގުޅޭ ނެއިބާހުޑް ފަސްޓް ޕޮލިސީ ގެ ދަށުން އިންޑިއާ އިން ކުރަމުން ގެންދިޔަ މަސައްކަތަކީ ސިޔާސީ ލޮޅުންތަކާ އެކު ވެސް އިންޑިއާ އިން އިސްކަންދޭ ކަންކަން ހިމާޔަތް ކުރެވޭނެ ގޮތަކަށް ގުޅުންތައް ވަރުގަދަ ކުރުމަށާއި ނަމަވެސް ސިޔާސީ ކަންކަމަކީ ސިޔާސީ ކަންތައްތަކަށް ވުމާއެކު ކޮންމެ ގައުމަކުން، ކޮންމެ ދުވަހަކު، އެންމެން އިންޑިއާއަށް ސަޕޯޓުކޮށް، ތާއީދު ކުރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ.." އިނގިރޭސިން ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިޔާގެ ގުޅުން ހީނަރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެ އަކީ އެއްވެސް ގައުމެއްގެ ބެކްޔާޑެއް ނޫން ކަމަށާއި އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށެވެ. އަދި ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ އެއްވެސް ގައުމަކަށް ރާއްޖެ ބުލީ ކުރަން ލިބޭ ހުއްދައެއް ނޫން ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް