ads
ހުޅުމާލޭގައި ހިންގާ ކުޑަ ކުދިންގެ ހިޔާ
ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ސަރުކާދުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފެމެލީ އެންޑް ޝޯސަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓަރ ކުރުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނިގޮތުގައި މިކަމަށް ބޭނުންވާ ފަރާތްތަކުން 1433 އަށް ގުޅުއްވާ ނަން ނޯޓު ކުރައްވުމަށްށެވެ. 

މި ކަމަށް ޝައުގުވެރިވާ ފަރާތަކަށް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މި މިނިސްޓްރީގެ ވަނީ ތަމްރީނު ޕްރޮގްރާމެއް 10 ޖެނުވަރީ 2024 ވަނަ ދުވަހު ދިވެހި ގައުމީ ޔުނިވާސިޓީގައި ވަނީ ބާއްވާފައި އެވެ. 

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ކޯލް ސެންޓަރެއް ގާއިމްކޮށް، އެ ވުޒާރާއަށް ގުޅޭނެ އާ ނަންބަރު 1433 ތައާރަފްކޮށްފައިވެ އެވެ.

ކޯލް ސެންޓަރުގެ މި ނަންބަރަކީ މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާއީ ހިދުމަތްތަކާގުޅޭ ހެލްޕްލައިން 1414 އަދި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ހެލްޕްލައިން 1412 ގެ އިތުރުން ތައާރަފުކުރި ނަމްބަރެކެވެ. 

އެ މިނިސްޓަރީގެ 1421 އާއި 1412 އަކީ 24 ގަޑިއިރު ގުޅޭ ހެލްޕްލައިންތަކަކަށް ވީނަމަވެސް، 1433 އެއީ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއްކަމަށެވެ. އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް ގުޅޭނެ އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް