ads
ހަރުކަށި ހިންދޫ ފިކުރުގެ ސުބްރަމާނިއަމް
އިންޑިޔާގެ ބީޖޭޕީ މެންބަރެއް ރާއްޖެ ހިފަން ގޮވާލައިފި
ރާއްޖެ ހިފަން ޖެހޭ ކަމަށް ވިދާޅުވެ މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވާ އިންޑިއާގެ ބީޖޭޕީ އަށް ނިސްބަތްވާ ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ސުބްރަމާނިއަމް ސްވާމީ އަނެއްކާ ވެސް ވާހަކަ ދައްކަވައިފި އެވެ.
Advertisement

އިންޑިޔާގެ ވެރިކަން ކުރާ ބީޖޭޕީގެ ނުފޫޒު ގަދަ މެމްބަރެއް ކަމުގައިވާ ސުބްރަމަނިޔަމް ސުވާމީ މިއަދު އޭނާގެ "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިޔާގެ ސިފައިން ރާއްޖޭން ބޭލުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ރާއްޖޭގެ ރައީސް ޑރ. މުއިއްޒު އިންޑިޔާގެ ބޮޑު ވަޒީރަށް އަންގާފައިވާކަމަށާއި 15 މާޗް 2024 ވަނަ ދުވަހުގެ ކުރިން އެކަން ނުކޮށްފި ނަމަ އެކަމުގެ ނަތީޖާ މާ ރަނގަޅެއް ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމުގައި އެވެ. 

އޭނާ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ މިކަމުގެ ޖަވާބެއް ގެ ގޮތުން ބޮޑުވަޒީރު މޯދީ ކުރައްވާނީ ކީއްތޯ ސުވާލު އުފައްދާފައި އެވެ. އޭނާ ބުނީ އިންޑިޔާއިން ދިވެހިރާއްޖެ ފަދަ "ކުޑަ" ގައުމެއްގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހާނީތޯ ނުވަތަ އެ ރަޖީވް ގާންދީ ކުރި ފަދައިން ރާއްޖެ ހިފުމަށް އިންޑިޔާގެ ސިފައިންނާއި އެއާފޯސް ފޮނުވައިގެން ރާއްޖެ ހިފާނީތޯ އެވެ. ސުބްރަމާނިއަމް ވަނީ 2018 ވަނަ އަހަރު ވެސް ރާއްޖެ ހިފަން ޖެހޭ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފައި އެވެ.

"ކުރިން ހެދިހެން އިންޑިއާގެ ސިފައިންގެ ފައުޖެއް ފޮނުވައިގެން ރާއްޖެ ހިފައި، އިތުބާރު ގެއްލިފައިވާ މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީތޯ؟" މިނިސްޓަރުކަމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ހަރުކަށި ހިންދޫ ފިކުރުގެ ސުބްރަމާނިއަމް ވިދާޅުވި އެވެ.

އިންޑިޔާ އާއި ރާއްޖޭގެ މެދުގައި އުފެދިފައިވާ ނުތަނަވަސް އުފެދުނީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ އިންޑިޔާގެ ލަކްސަދީޕަށް ވަޑައިގެން އެތަން ޕްރޮމޯޓު ކުރުމަށް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ފަހުންނެވެ. 

އިންޑިއާއަށް ކުޑައިމީސްވާ ގޮތަށް ނައިބު ވަޒީރުންތަކެއް ވާހަކަ ދެއްކެވި މައްސަލަ ހޫނުވެ އިންޑިއާގެ ބައެއް ފަރާތްތަކުން ގެންދަނީ ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ވެސް ހިންގަމުންނެވެ.  

މި ޕޯސްޓާއި ގުޅިގެން ރާއްޖޭގެ މިނިސްޓަރުން ފެންވަރު 3 ބޭފުޅަކު ވަނީ އިންޑިޔާގެ ބޮޑު ވަޒީރު ކުޑައިމީސްކޮށް ވާހަކަ ދައްކާފައިއެވެ. މިކަމުގެ ސަބަބުން އެ ތިން ބޭފުޅުން ވަނީ ވަޒީފާއިން ސަސްޕެންޑު ކުރެވިއެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް