ads
ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގައި ހިންގާ ކްލާހެއްގައި ކިޔަވާދެނީ.
ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާނެ މީހުން ހޯދާ ދަފުތަރެއް އެކުލަވާލަނީ
ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާނެ މީހުން ހޯދުމަށް ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިއުލާންކޮށްފިއެވެ.
Advertisement

ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ބުނީ ރަސްމީ ޖަލްސާތަކުގައި ޤުރުއާން ކިޔަވާނެ މީހުން ހޯދާ ދަފްތަރެއް އެކުލވާލުމުގެ މަސައްކަތް އެ މަރުކަޒުން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ރަސްމީ ޖަލްސާތަކުގައި ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށްވަނީ އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެ މަރުކަޒުން ބުނެއެވެ.

ޖަލްސާތަކުގައި ކިޔަވަން ބޭނުންވާ މީހުން އެކަމަށް އެދި ހުށައަޅަންޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ https://forms.gle/vRzS1KJzTrSoF6o3A ގޫގުލް ފޯމުން މަރުކަޒުގެ [email protected] މެއިލަށެވެ. މިކަމަށް ބޭނުންވާ ފޯމް މަރުކަޒުގެ ކައުންޓަރުންނާއި ވެބްސައިޓް www.nchq.gov.mv ލިބެން ހުންނާނެކަމަށްވެސް ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ބުނެއެވެ. 

މިހާރު ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ކިޔަވަމުން އަންނަނީ ފާހަގަކޮށްލެވޭ ބައެއް ގާރީންނާއި ސްކޫލް ދަރިވަރުންގެ އިތުރުން އެ ޖަލްސާއެއް ބާއްވާ އިދާރާއިން ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.

ރީތިކޮށް ޤުރުއާން ކިޔަވަން އެނގޭ ގްރޭޑް 10 އިން ފެށިގެން މަތީގެ ދަރިވަރުންނާއި ސްކޫލްް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން އިމާމުވެ ހުކުރު ނަމާދުކުރަން ބޭނުންވާ ޒުވާނުންނަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އަންނަ މަހުގެ 29 ވަނަދުވަހަށް މި ފުރުސަތު ހަމަވާއިރު މީހާރުވެސް 100 ވުރެ ގިނަ ޒުވާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް