ads
އަންހެން ސިންގަލްސް ފައިނަލަށް ދިޔަ ނަބާ ނިޝާން އާއި މަންހާ މުހައްމަދު
އިންޓަނޭޝަނަލް ޓެނިސް ފައިނަލެއްގައި ދިވެހި ދެ ކުޅުންތެރިން
އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގެ އަންހެން ސިންގަލްސް ފައިނަލުން ދިވެހި ދެ ކުޅުންތެރިން ކަމަށްވާ ނަބާ ނިޝާން އާއި މަންހާ މުހައްމަދު ޖާގަ ހޯދައިފި އެވެ.

ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފައިން އިވެންޓްގެ އަންހެން ސިންގަލްސް ފައިނަލުން ނަބާ ޖާގަ ހޯދީ ސްރީ ލަންކާގެ އަކީޝާ ހިރުންދީ ބަލިކޮށްގެންނެވެ. މަންހާ ފައިނަލުގެ ޖާގަ ހޯދީ ވިއެޓްނާމްގެ ނޮގޮކް ހަނަހް ހިއުން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

ނަބާ އާއި މަންހާ ފައިނަލަށް ދަތުރުކުރުމާ އެކު، މިއީ ރާއްޖޭގެ ޓެނިހަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެކެވެ. ދެ ކުޅުންތެރިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.

އުމުރުން 12 އަހަރުގެ ނަބާ އަކީ، ރާއްޖޭގެ ޓެނިހުގެ ތާރީހުގައި އެންމެ ޒުވާން އަންހެން ގައުމީ ޗެމްޕިއަނެވެ. އޭނާ ވަނީ 2021 އާއި 2022 ވަނަ އަހަރު އަންހެން ސިންގަލްސް އޯޕަން ބައިން ޗެމްޕިއަންކަން ހޯދައި، މިދިޔަ އަހަރު ރަނަރަޕަށް ގޮސްފަ އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ގައުމީ މުބާރާތެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައިވަނީ ނަބާ އެވެ.

ނަބާ ވަނީ މިދިޔަ ހަފުތާ ކުރިއަށްދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ ޑިވޮލޮޕް ކެޓަގަރީގެ އަންހެން ސިންގަލްސް ރަން މެޑަލް ވެސް ހޯދައިފަ އެވެ. އެ މުބާރާތުގެ ޑަބަލްސް ކެޓަގަރީގެ ކުއާޓާ ފައިނަލުގައި ނަބާ އާއި މަންހާގެ ޕެއާ ވަނީ ވާދަކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް