ސައުދީ ޓެނިސް ފެޑެރޭޝަންގެ އެމްބެސެޑަރަކަށް ރަފައެލް ނަޑާލް ހަމަޖެއްސީ، ގަލްފް ކިންގްޑަމްގެ އަމާޒަކީ ކުޅިވަރުގެ ފުޅާ ދާއިރާއެއްގައި އިތުރު ޕްރޮފެޝަނަލް މުބާރާތްތައް ބޭއްވުން ކަމަށްވާތީ އެކަން ޕްރޮމޯޓް ކުރަންށެވެ. ނަޑާލްވަނީ ދާދި ފަހުން ރިޔާޒުގެ ޖޫނިއާ ޓެނިސް ކްލިނިކަކަށް ޒިޔާރަތްކޮށްފައެވެ.
މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގައި ނަޑާލް އަނިޔާގެ ސަބަބުން ނުކުޅެއެވެ.