މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ކޮންޓްރޯލާ ޖެނެރަލް ޝަންމާނާއި އެ އިދާރާގެ އިސް އޮފިޝަލުން ފޮނަދޫއަށް ޒިޔާރަތްކޮށް، ޕާސްޕޯޓްގެ ހިދުމަތް ފެށުމާއި ގުޅޭގޮތުން ފޮނަދޫ ކައުންސިލާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި އަތޮޅު ތަކުގައި ޕާސްޕޯޓްގެ ހިދުމަތް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން، ލ. އަތޮޅުގައި ޕާސްޕޯޓް ކަލެކްޝަން ސެންޓަރު ގާއިމްކުރުމަށް ނިންމާފައިވަނީ ފޮނަދޫގަ އެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދާދިފަހުން އިމިގްރޭޝަނުން ވަނީ ރީޖަނަލް އޮފީސްތައް ގާއިމުވެފައި ހުރި ސިޓީތަކަށް ޕާސްޕޯޓު ފޮނުވުުން ދެގުނައަށް އަވަސްކޮށްފަ އެވެ.
މީގެއިތުރުން ވެރިފަރާތުން ޕާސްޕޯޓު ނަގަންދާއިރު އައިޑީ ކާޑު ގެންދަން ނުޖެހޭ ގޮތަށް ވެސް އިމިގްރޭޝަނުން މިހާރު ވަނީ ނިންމާފަ އެވެ.