ads
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް - ފޮޓޯ: ދިޔަރެސް
ފަތުރުވެރިކަމުގެ ސިނާއަތައް ނުކުންނަ އަންހެނުން އިތުރުކުރުން ޕްރޮގުރާމެއް ފަށައިފި
ފަތުރުވެރިކަމުގެ ސިނާއަތައް ނުކުންނަ އަންހެނުން އިތުރުކުރުން "ފަހި ފަތުރުވެރި ކަމަށް އަންހެނުން" ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހް ކޮށްފި އެެވެ.

ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ "ހަފްތާގައި 14" އިގައި ހިމެނޭ މި ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. 

މި ޕްރޮގްރާމްތައް ކުރިއަށްގެންދާނީ 3 މަސްދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމްގައި މަސައްކަތުގެ ހުނަރު ދަސްކޮށްދޭނެއެވެ. އަދި މި ޕްރޮގްރާމްތައް އަހަރަކު 2 ފަހަރު ހިންގުމަށް ވަނީ ނިންމާފަ އެވެ.

މިއަދު އިފުތިތާހުކުރި "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގުރާމަކީ ޔުނިވާސިޓީ މަރުހަލާގައި މެހުމާންދާރީއާއި ފަތުރުވެރިކަމުގެ ދާއިރާއިން ޔުނިވާސިޓީ ފެންވަރުގައި ތައުލީމު ހާސިލުކޮށްފައިވާ އަންހެނުންނަށް އެ ސިނާއަތުގެ އެކި މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ މެންޓަރުންގެ ދަށުން މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށް އެ ދާއިރާއަށް ނުކުތުން ފަސޭހަކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގުރާމެކެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވެފައިވާއިރު އެއީ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އޮތް ސިނާއަތު ކަމަށާއި ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތަަށް ބަލާނަމަ 2022 ވަނަ އަހަރު ނިމުނުއިރު، ޓޫރިޒަމާ ހުރި ދާއިރާތަކުން 40 ޕަސެންޓް ޖީޑީޕީއެއް ހިއްސާ ކޮށްފައިވާ ކަމަށެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެހާ ޒުވާނުން ހިފާ ހާއްސަ، ދިވެހި އަންހެނުން މި ދާއިރާއަށް ނުކުތުމަށް ޕްރޮގްރާމްގެ ތެރެއިން އެހީތެރިވެދީ އެދެވޭ ބަދަލެއް ގެނައުން". ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު މިއަދު ގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ފަތުރުވެރިކަމުގެ ސިނާޢަތު ރާއްޖޭގެ އިގުތިސާދުގެ %40 ހިއްސާކުރާކަމަށެވެ. 1972ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނު ނަމަވެސް 2000އަށްވުރެ ގިނަ އަހަރު އިންޑިއާ ކަނޑުގައި ރާއްޖެ އޮތްއިރު ރާއްޖެއިން ދިނީ މެހެމާންދާރީކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް