ads
ނޭމާ
ނޭމާގެ ޓެކްސްއާ ގުޅޭ މައްސަލަތަކެއް ފުލުހުން އަނެއްކާވެސް ބަލަނީ
ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވިއިރު ޓެކްސްއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ ސީރިއަސް މައްސަލަތަކެއް ފްރާންސްގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލަމުން އަންނަނީ، ފްރާންސްގެ ޓެކްސް އިދާރާއިން ނޭމާއަށް ބައެއް ފޭވަރތައް ކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެކަމާ ގުޅިގެން ފްރާންސްގެ ފިނޭންސް މިނިސްޓްރީގެ ޓެކްސް އެޑްމިނިސްޓްރޭޝަން އޮފީސްތައް ފްރާންސްގެ ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށް ތަހުގީގުތަކާ ގުޅުން ހުރި މީހަކާ ހަވާލާދީ ރޮއިޓަރސްއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެކްސްގެ ގޮތުގައި ޝައްކު ކުރެވޭ ފަހި މުއާމަލާތެއް އެ ކްލަބަށް ދީފައި ވަނީ 2017 ވަނަ އަހަރު ބާސެލޯނާ އިން ޕީއެސްޖީއަށް ނޭމާ ބަދަލުވުމުގެ ތެރެއިންނެވެ.

ފްރާންސްގެ އިކޮނޮމިކް އެންޑް ފިނޭންސް މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދައިފަ އެވެ. އަދި ޕެރިސް ސެއިންޓް ޖަރމައިންގެ ބަހެއް ހޯދުމަށް ރޮއިޓާސް އިން އެދުމުން ޖަވާބެއް ނުދޭ ކަމަށް ރޮއިޓަރސްއިން ރިޕޯޓް ކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް