ads
މިދިޔަ އަހަރު ޒަކާތް ދެއްކި އަދަދު ދަށަށް، 89 މިލިއަން
މިދިޔަ އަހަރު މުދަކު ޒަކާތް ދެއްކި އަދަދު ދަށަށް ހިގައްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ( މީރާ ) އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 89.5 މިލިއަން ރުފިޔާއެވެ. މީ އޭގެ ކުރީ އަހަރު 2022 ވަނަ އަހަރާ އަޅާކިޔާއިރު %3 ދަށް ވުމެކެވެ. 2022 ވަނަ އަހަރު ޒަކާތުގެ  ގޮތުގައި ލިބިފައިވަނީ 92.6 މިލިއަން ރުފިޔާއެވެ. 

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ޒަކާތް ދައްކާފައިވަނީ އޭޕްރިލްމަހު އެވެ. އެމަހު ޒަކާރުގެ ގޮތުގައި 22.3 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 

ޒަކާތަކީ ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް ނެރުން ވާޖިބު ކަމެކެވެ. މިއަހަރުގެ ޖެނުއަރީ މަހު 11ވަނަ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން  އާއްމުކރި މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 7140 ރުފިޔާއެވެ. 

ޒަކާތް ދެއްކުން އިތުރަށް ހަރުދަނާކުރުމަށް މި ސަރުކާރުންވަނީ ޒަކާތު ހައުސްގެ ނަމުގައި ތަނެއް އުފައްދަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް