މާލޭ ސިޓީ ކައުންސިލުން މިގޮތައް ނިންމާފައިވަނީ ވާރޭ ވެހުމުން ސަހަރާގައި ފެންބޮޑުވެ މައްޔިތުން ވަޅުނުލެވޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހުށަހެޅުއްވިއިރު ސަހަރާ އަށް ދޮޅުފޫޓަށް ވެލިއެޅުމަށް ހުށަހަޅާފައި ވަނީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު އެވެ.
ކައުންސިލްގެ މި ބައްދަލު ވުމުގައި ހުޅުމާލޭ ސަހަރާގެ މަރާމާތައް އިިތުރު ކަންތައްތައް ވެސް ހިމަނާފައިވެއެވެ. އެ ކަންތައްތަކަކީ:
މާލެ ސަރަހައްދައް ކުރި ބޯ ވިއްސާރައިގައި ސަހަރާގައި ފެންބޮޑުވެ މައްޔިތުން ވަޅުލުން މެދު ކަނޑާލައި މާލޭގެ އާ ސަރަހަރާގައި ވަގުތީގޮތުން މައްޔިތުން ވަޅުލިއެވެ.
ހުޅުމާލެ ސަހަރާގެ މަރާމާތުގެ ކަންކަން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.