ads
ޓެނިސް ޓީމުގެ މެންބަރުން
ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް
އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުން ހޯދި ކާމިޔާބީއާ ގުޅިގެން ، ގައުމީ ޓެނިސް ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވިއެޓްނާމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ އުއްމީދީ ތަރި ނަބާ ނިޝާން ވަނީ އަންހެން ސިންގަލްސްގެ ދެ މުބާރާތުންވެސް ރަން މެޑަލް ހޯދާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-1 އަދި 6-0 އިންނެވެ.

ދެވަނަ ހަފުތާގެ މުބާރާތުގެ ޗެމްޕިއަންކަން ނަބާ ހޯދީ ފައިނަލުގައި ރާއްޖޭގެ މަންހާ މުޙައްމަދު ބަލިކޮށްގެންނެވެ. މި މެޗުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ނަބާ މޮޅުވިއިރު، މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-0 އަދި 6-1 އިންނެވެ. މިއީ މި ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިޔަކު ހޯދީ ތާރީޚީ ކާމިޔާބެކެވެ.

މެޑަލްތަކާއެކު ރޭގެ ވަގުތެއްގައި ޓީމު މާލެ އައިރު، ބޮޑުބެރުގެ ހަރަކާތްތަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔާފައިވަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންގެ އިތުރުން ކުޅުންތެރިންގެ ބެލެނިވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް