ads
ކުއްޖާ ނިޔާވުމުން ގައްސާނު ނުކުންނެވީ ރައީސްގެ ދިފާއުގައި
ގއ. ވިލިގިނލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވުމުން ރައީސްއަށް އަމާޒުވި ފާޑުކިޔުންތަކަށް އެމަނިކުފާނުގެ ދިފާއުގައި ޑިފެންސް މިނިސްޓަރ ޤައްސާން މައުމޫން ނިކުންނަވައިފިއެވެ

ސްޓްރޯކެއް ޖެހި ހާލު ދެރެވި 13 އަހަރުގެ ކުޑަކުއްޖާ ގއ. ވިލިގިނލިން މާލެ ނުގެނެވި 16 ގަޑިއިރުވީ ޑޯނިއާ ބޭނުންނުކުރުމުންކަމަށް ބައެއް މީހުން ގެންދަނީ ރައީސް މުއިއްޒަށް ފާޑުކިޔަމުންނެވެ. 

އެ ފާޑު ކިޔުންތަކަށް ރައްދުދީ ދިފާއީ ވަޒީރު އެކްސްގައި ވިދާޅުވީ ސިއްހީ ކުއްލި ހާލަތްތަކުގައި މެޑިކަލް އެވަކުއޭޝަން އޮޕަރޭޝަންތަކުގައި ރައީސްގެ އަރިހުން ކަމަކަށް ހުއްދަ އެހުމެއް ނުވަތަ ރައީސަށް އެކަމެއްގެ ތަފްސީލް ދިނުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

ގައްސާން ވިދާޅުވީ އޭގެ ބަދަލުގައި އެކަމަކީ އެކަމާ ގުޅޭ އިދާރާތަކުން ގުޅިގެން މަޝްވަރާ ކުރުމަށް ފަހު ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ. މިގޮތުން 

2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އެވަކުއޭޝަންތަކުގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށްކަމަށްވެސް ގައްސާން ވިދާޅުވިއެވެ.

ގއ.ވިލިގިނލީ އުމުރުން 13 އަހަރުގެ ކުއްޖާގެ ހާލު ދެރަވީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެވަގުތުން ފެށިގެން އެ ކުއްޖާ މާލެ ގެންދެވޭތޯ އެ ކުއްޖާގެ ބައްޕަ މަސައްކަތް ފަށާ މޯލްޑިއަންނަށް ގުޅި ނަމަވެސް ޖަވާބު ލިބުނީ އަނެއް ދުވަހުކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް