ads
ރާއްޖޭގެ އެތެރެއަށް ސޮދަގާތް ކުރަން މުހިއްމު: ޝަހީމް
ރާއްޖޭގެ ރައްޔިތުން ސޮދަގާތާއި ހައިރާތާއި ހެޔޮ ކަންކަމަށް ކުރާ ހަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރާއްޖޭގެ ގުރުއާން ކްލާސްތަކާއި އެދުރުގެތައް ހުއްޓިފައި ހުރުމާއި އެތައް މިސްކިތެއް މަރާމާތު ކުރަން ޖެހިފައިވާ ކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ. އެތަންތަނަށް ހެޔޮ ގޮތުގައި ހަރަދު ކުރެވޭނެ ކިތަންމެ ގޮތެއް އޮތް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތަންމެ ގުރުއާން ކުލާހެއް އެބަހުރި ހުއްޓިފައި. ކިތައްމެ އެދުރުގެއެއް އެބަހުރި ހުއްޓިފައި. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ، ޝަހީމް ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް، ފަސޭހައިން ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.

އިންޝާ ﷲ ކުރިއަށް އޮތްތަނުގައި މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނަން. ސަދަގާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހަރަދުކުރުން މުހިންމުކަމުގައި ދެކެން

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި، ސަދަގާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހަރަދުކުރުން މުހިންމެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތައް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް