ads
މޯލްޑިވިއަންގެ އާ ބޯޓް ފްރާންސްގައި ޓެސްޓު ކުރަނީ، ފެބްރުއަރީގައި ރާއްޖެއަށް
ގައުމީ އެއާލައިން މޯލްޑިވިއަނުން އަލަށް ރާއްޖެ ގެންނަން ހަމަޖެހިފައިވާ އޭޓީއާރު ބޯޓް ފްރާންސްގައި ޓެސްޓް ފްލައިޓްތައް ފަށައިފި އެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައުލޫމާތު ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް"އިން ވަނީ މޯލްޑިވިއަންގެ އާ އޭޓީއާރު ބޯޓް ފްރާންސްގައި އޮތް ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މޯލްޑިވިއަންގެ އާ ބޯޓް ފްރާންސްގައި މިހާރު ކުރަމުން ގެންދާ ޓެސްޓް ދަތުރުތަކަށް ފަހު، އަންނަ ފެބްރުއަރީ މަހު ބޯޓު ރާއްޖެ ގެނެވޭނެ ކަމަށް އޭވިއޭޓާސް އިން ވަނީ ލަފާ ކޮށްފަ އެވެ.

ޖުމްލަ ތިން އޭޓީއާރު އޮތް މޯލްޑިވިއަނުން އާ އޭޓީއާރު 42-600 މަރުކާގެ ބޯޓެއް ގެންނަން މަސައްކަތް ކުރަމުން ދާއިރު، މިހާރުވެސް އެ މަރުކާގެ ބޯޓެއް އެ އެއާލައިނުގައި އެބައޮތެވެ. އޭގެއިތުރުން ދެން މޯލްޑިވިއަނުން ބޭނުން ކުރަނީ އޭޓީއާރު 72-600 މަރުކާގެ ދެ ބޯޓެވެ.

މޯލްޑިވިއަންގެ ދުވަސްވެފައިވާ ޑޭޝް8 ބޯޓުތައް ބަދަލުކޮށް އާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން އެ އާލައިނުން މަސައްކަތް ކުރަމުންދަނީ 2025 ވަނަ އަހަރާ ހަމައަށް އޭޓީއާރު އަށް ބޯޓު ހޯދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް