ads
އީލާނިން ގެ ހިދުމަތް ދެވޭނެ އެންމެ ފަހި ގޮތެއް ހޯދުމުގެ މަސްވަރާ ކުރިޔަށް އެބަދޭ: ފިޒާނާ
އީލާނިން ގެ ހިދުމަތް ދެވޭނެ އެންމެ ފަހި ގޮތެއް ހޯދުމުގެ މަޝްވަރާ ކަމާ ގުޅުން ހުރި އިދާރާތަކާއި އެކު ކުރިޔަށް އެބަދޭ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ޗީފް އެގްޒެކުޓިވް އޮފިސަރ (ސީއީއޯ) މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސީޢެންއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފިޒާނާ ވިދާޅުވީ ހުރިހާ ކޮލެޖަކުންވެސް އެ އޮތޯރިޓީގެ ވެބްސައިޓު ގައިވާ އެކްރެޑިޓޭޝަން ގައިޑްލައިން އާއި އެގޮތަށް ޕްރޮގްރާމްތައް ތައްޔާރުކޮށް އެމްކިއުއޭ އަށް ހުށަހަޅަންވާނޭކަމަށާއި އަދި ވަކި މުހުލަތެއް ދީފައި ނުވިޔަސް ވީހާވެސް އަވަހަކަށް ހުށަހެޅުމަށް ފިޒާނާ އިލްތިމާސް ކުރެއްވި އެވެ. 

ފިޒާނާ އިތުރަށް ވިދާޅުވީ ކުރިން އެޕްރޫވްކޮށްފައި ހުރި ކޯސްތައްވެސް އީލާނިންގް ގައިޑްލައިން އާއި އެކްރެޑިޓޭޝަން ގައިޑްލައިން އަށް ގެނެވުން އިސްލާހުތަކާއި އެކު ގެޒެޓު ކުރެވުމާއި އެކު އެ ކޯސްތައް އަލުން އެޕްރޫވް ކުރަން ކަމޭ ބެހޭ އިދާރާތަކަށް ހުށަހަޅަން އެބަޖެހޭ ކަމަށާއި މައުލޫމާތަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެއްކަމުން ކުރީގެ ގޮތަށް ކިޔަވާ ދިނުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

"އެކްރެޑިޓޭޝަން ގައިޑް ލައިން ގައިވާ ގޮތުން 50 އިންސައްތަ އެގްޒޭމްތަށް ކުރިޔަށް ގެންދަން ޖެހޭނީ ކޮންޓްރޯލްކޮށްގެން، އެ ޓެސްޓުތައް ހަދަން ޖެހޭނީ ކޮންޓްރޯލް ސެޓިންގް އެއްގައި" ފިޒާނާ ސީއެންއެމް އަށް ވިދާޅުވި އެވެ.

އެކްރެޑިޓޭސަން ގައިޑްލައިންގައި ވާ ގޮތުން ކޮންމެ 5 އަހަރުކުން އެ ކޯސްތައް ރިވައިސް ކުރަން ޖެހޭ ކަމަށާއި މިހާރުވެސް އެކްރެޑިޓޭޝަން ގައިޑްލައިން އާއި އެއްގޮތަށް ތަންތަނުން ކޯސްތައް ފަރުމާ ކުރަމަށް ފަހު އޮންލައިންކޮށްވެސް ސަބްމިޓު ކުރަމުންދާކަމަށް ފިޒާނާ ފާހަގަ ކުރެއްވި އެވެ. އަލުން އެޕްރޫވްވެފައި ހުރި ކޮލެޖުތައް އަދި ކުރިން އެޕްރޫވް ކުރެވިފައިވާ ކޮލެޖްތައްވެސް އެ އޮތޯރިޓީގެ ވަބްސައިޓުން ފެންނަން ހުންނާނެކަމަށް ފިޒާނާ ވިދާޅުވި އެވެ. 

އޮންލައިންކޮށް ކިޔަވާ ދިނުމަށް ދޭ ހުއްދަ ދިނުމުގެ ކުރިން އެ ތަނަކަށް ގޮސް އެކަމަށް އެންމެ އެކަށީގެންވާ ސިސްޓަމް ސެޓްއަޕް ހުރިތޯ ބަލާ، ސިސްޓަމް ހުރީ ބްލޭންޑަޑް ކޮށްތޯ ބަލާ، އެލްއެމްއެސް ހުރި ތޯވެސް ބަލާ ކަމަށާއި އޮންލައިންކޮށް އެގްޒޭމް ކުރިޔަށް ގެންދެވޭތޯބަލަން ޖެހޭ ކަމަށް ފިޒާނާ ފާހަގަ ކުރެއްވި އެވެ. ޕްރޮގުރާމްއެއް އެޕްރޫވް ކުރާ އިރު ކޮންމެ މޮޑިއުލްއަކަށް ބޭނުންވާ ފުލް ޓެކްސްޓު އަދި ރިސޯޝަސް އެބަހުރި ތޯ ބަލަން ކަމަށާއި އެކިތަން ތަނުގައި ހުންނަ ރިސޯޝަސް ތަފާތު ވާނޭކަމަށާއި ހުރިހާ ތަނަކަށް ކޭޓާ ކުރަން ޖެހެކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ކޮލިޓީ ކޮމްޕްރޮމައިސް ނުވާނޭ ފަދަ ގޮތަކަށް އެކަން ކުރުން އެއީ ވެސް މުހިންމު ކަމެއް ކަމަށެވެ. 

އޮންލައިންކޮށް އެގްޒޭމް ހަދާ އިރު ކޮޕީ ކުރުމާއި ކްލާހަށް އެޓެންޑް ނުވުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށް ފިޒާނާ ވިދާޅުވި އެވެ. ފިޒާނާ ވިދާޅުވީ ކޮލިޓީ އެންސުއާ ކުރުމަކީ ކޮލެޖުތަކުން ކުރަން ޖެހޭކަމެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަލަށް އޮންލައިކޮށް ހިންގުމަށް ހުއްދަދެވިފައިވާ ފަރާތްތަކަކީ އެމްކިއުއޭ ވަރަށް ގިނަކަންތައްތަކެއް ބެލުމަށް ފަހު އާ އީލާނިންގް ގައިޑްލައިންއަށް ފެތުމުން ހުއްދަ ދީފަ ހުރި ތަންތަންކަމަށް އޭނާ ވިދާޅުވި އެވެ. ކުރިން ހުއްދަ ދީފައި ހުރި ތަންތަންވެސް "އޮމިޓު" ނުކުރާކަމަށް ފިޒާނާ ވިދާޅުވި އެވެ. އީލާނިންގް ގައިޑް ލައިން ގެޒެޓުކުރުމާއި ގުޅިގެން އޭގެން ކުރިން ކިޔަވަމުން ދިޔަ ކުދިންގެ ކިޔެވުންވެސް ހުއްޓާލެވިފައި ނުވާކަމަށާއި އެކުދިންގެ ކިޔެވުން ކުރިޔަށް ގެންގޮސް ނިންމާލުމުގެ ފުރުސަތު އެ ކުދިންނައް ދެވުންކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް