އައިޕީއެލްގެ ޓައިޓްލް ސްޕޮންސަރޝިޕް 300 މިލިއަން ޑޮލަރުން ނެގީ އިންޑިއާގެ ޓާޓާ ގުރޫޕުންނެވެ. ޓާޓާ ކުންފުނިން މި އަގުގައި ރައިޓްސް ހޯދީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އައިޕީއެލްގެ އިތުރުން، މިދިޔަ އަހަރު ފެށި އެ ގައުމުގެ އަންހެނުންގެ ކްރިކެޓް ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ މިހާރު ވެސް ޓާޓާ އެވެ.
އައިޕީއެލް މުބާރާތުގައި ދުނިޔޭގެ އެންމެ މޮޅެތި ހުރިހާ ކްރިކެޓް ކުޅުންތެރިން ކަހަލަ ގޮތަކަށް ކުޅެއެވެ. ޓީ20 ފޯމެޓަށް ކުޅޭ މި ފްރެންޗައިޒް ލީގުގައި އިންޑިޔާގެ 10 ސްޓޭޓަކުން 10 ޓީމު ވާދަކުރެވެއެވެ.