ads
އިންސްޓިޓިއުސަނަލް އޮޑިޓް ކޮންމެ 3 އަހަރަކުން ކުރަން ޖެހޭ :ފިޒާނާ
އިންސްޓިޓިއުސަނަލް އޮޑިޓް ކޮންމެ 3 އަހަރަކުން ކުރަން ޖެހޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިތީ (އެމްކިއުއޭ)ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" އަށް ދެއްވި ހާއްސަ އިންޓާވިއުއެއްގައި ފިޒާނާ ވިދާޅުވީ ރަޖިސްޓާ ކުރެވިފައިވާ ހުރިހާ ކޮލެޖުތައް ކޮންމެ 3 އަހަރަކު އެއް އަހަރު އޮޑިޓު ކުރަމަަށް އިންސްޓިޓިއުސަނަލް އޮޑިޓުން ލާޒިމް ކުރާކަމަށާއި ޕްރޮގްރާމް އެކްރެޑިޓޭސަން ހުއްދަ ދެނީ ހަޔާ އެޑިއުކޭޝަން ރަޖިސްޓާރ ކޮލެޖު އިންސްޓިޓިއުސަންތަކަށް އެކަނި ކަމުގަ އެވެ. 

ބައެއް ކުދި ކުދި އިންސްޓިޓިއުތަކުން ބައެއް ފަހަރު ޕްރޮގްރާމްތައް ހިންގި ނަމަވެސް އެ އިންސްޓިޓިއުތަކަކީ މިނިސްޓްރީ ނުވަތަ އެމްކުއިއޭގައި ރަޖިސްޓްރީވެފައިވާ އިންސްޓިޓިއުޓްއަކަށް ނުވެދާނެކަމަށް ފިޒާނާ ފާހަގަކުރެއްވި އެވެ. އެމްކިއުއޭ އިން ޕްރޮގްރާމް ތަކަށް ހުއްދަ ދޭ އިރު އެއީ ރަޖިސްޓްރީވެފައިވާ ތަނެއްތޯ ބަލާކަމަށާއި މިހާރު އެމްކިއުއޭ އިން ދޭ ސެޓްފިކެޓުތަކުގައި ކެމްޕަސްގެ ނަންވެސް ލިޔެވިފައިވާނޭ ކަމަށް ފިޒާނާ ފާހަގަ ކުރެއްވި އެވެ. 

ހުރިހާ ކޮލެޖުތައް އަދި އިންސްޓިޓިއުޝަންތަކަށް ވެސް އިންސްޓިޓިއުސަނަލް އޮޑިޓްގެ ގައިޑް ލައިންއެއް ދެވިފައިވާ ކަމަށާއި ކޮންމެ ތަނަކަށްވެސް ވަކި ރޭޓިންގްއެއް ދެވިގެންދާނެކަމަށް ފިޒާނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިންސްޓިޓިއުސަނަލް އޮޑިޓުގެ އިތުރުން ޕްރޮގުރާމް އޮޑިޓްވެސް އެމްކިއޭއިން ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ކޮންމެ ކޮލެޖެއް އަދި އިންސްޓިޓިއަކުން ވެސް ބެޗެއް ފަށާއިރު އެ ބެޗުގައި ބައިވެރިވާ ހުރިހާ ކުދިންގެ ނަންތަކާއި އެންޓްރީ ކްރައިޓީރިއާ ވެސް އެމްކިއުއޭއަށް ހުށަހަޅަން އަންގާފައިވާނެކަމަށެވެ. ބެޗު ނިންމާލާފައި އަނެއްކާވެސް ހަމަ މި ކޯހާއި ގުޅުން ހުރި މައުލޫމާތު އެ ތަންތަނުން ހުށަހަޅާކަމަށާއި އެ ކަންކަމަށް ބެލުމަށް ފަހު އެމްކިއުއޭ އިން ކުރަން ޖެހޭ އޮޑިޓެއް ކުރިޔަށް ގެންދާކަމަށް ފިޒާނާ ފާހަގަ ކުރެއްވި އެވެ

ފިޒާނާ ވިދާޅުވީ މި ޕްރޮސެސްއަކީ ވަރަށް ދިގު ޕްރޮސެސްއެއްކަމަށާއި މިކަން ކުރުމަށް ވަރަށް ދުވަސް ނަގާނޭކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް