ads
ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި ދިވެއްސަކު ހައްޔަރުކޮށްފި
ބޮމެއް އޮތް ކަމަށް ބުނެ ބިރު ދެއްކި ދިވެއްސަކު ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ އެއާޕޯޓަށް ފުރަން ގޮސް ހުރި ދިވެހި ފިރިހެނަކު ބޮމެއް އޮތް ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. 

އެ މައްސަލައިގައި އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

މި މީހާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް