ads
އެސްޑީއެފްސީގެ އެމްޑީއަކަަށް ފިފްޝީން އައްޔަނުކޮށްފި
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ އައްޔަންކޮށްފި އެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުކަމާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމަށް ފިފްޝީން އައްޔަންކުރުމުން އެ ކުންފުނިން ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރަސްމީކޮށް އިފްތިތާހު ކުރީ 18 މާޗް 2019 ވަނަ ދުވަހު އެވެ.

ފިފްޝީން މީގެކުރިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އެސްޑީއެފްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ ފާތިމަތު މީޒާ އާދަމް އެވެ.


އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނަށް ރާއްޖޭގައި، ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް އެމްއެމްއޭ އިން ދޫކޮށްފައިވަނީ 28 ފެބްރުއަރީ 2019 ގައިއެވެ.

އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް