ads
އިންޓަނޭޝަނަލް ދަތުރުތައް ތިން އިންސައްތައިން އިތުރުވެއްޖެ
2022 ވަނަ އަހަރާއި އަޅާބަލާއިިރު ރާއްޖެއަށް ދަތުރުކުރި އިންޓަނޭޝަނަލް ފްލައިޓް ތިން އިންސައްތަ ނިމުނު އަހަރު އިތުރުވެއްޖެ އެވެ.

ހުސްވި އަހަރުގައި 15883 އިންޓަނޭޝަނަލް ފްލައިޓް ރާއްޖެއަށް ދަތުރު ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަދަދަކީ 2022 ވަނަ އަހަރު ރާއްޖެއަށް ދަތުރުކޮށްފައިވާ އިންޓަނޭޝަނަލް ދަތުރުތަކާއި އަޅާ ބަލާއިރު 594 ފްލައިޓްގެ އަދަދެކެވެ.

މި ތަފާސް ހިސާބުތަކުން ބުނާ ގޮތުގައި މިދިޔަ އަހަރުގައި އެންމެ ގިނަ އިންޓަނޭޝަނަލް ފްލައިޓް ރާއްޖެއަށް ދަތުރުކޮށްފައިވަނީ ޖެނުއަރީ މަހުގައެވެ. އެއީ 1673 އެވެ. އަދި ހަމަ އެހެންމެ ހުސްވި އަހަރުގެ ކޮންމެ މަހެއްގައި ރާއްޖެއަށް ދަތުރުކޮށްފައިވާ އިންޓަނޭޝަނަލް ދަތުރުތައް ހާހުން މައްޗައް އަރައެވެ.

ރާއްޖެއަށް ދަތުރު ކޮށްފައިވާ 15883 ފްލައިޓްތަކުގެ ތެރޭގައި ޝެޑިއުލް ފްލައިޓް، ޕްރައިވެޓް ޖެޓް ގެ އިތުރުން ޗާޓަޑް ފްލައިޓް ވެސް ހިމެނެ އެވެ. ރާއްޖެއަށް ދަތުރު ކުރި ޝެޑިއުލް ފްލައިޓް ތަކުގެ އަދަދަކީ 14608 އެވެ. އަދި 1275 ޗާޓަޑް ފްލައިޓްގެ އިތުރުން ޕްރައިވެޓް ޖެޓު ގެ ގޮތުގައި ރާއްޖެއަށް ދަތުރުކޮށްފައިވެ އެވެ.

2022 ވަނަ އަހަރުގައި ރާއްޖެއަށް ޝެޑިއުލް ފްލައިޓް ގެ ގޮތުގައި 14608 ދަތުރުކޮށްފައިވާއިރު ޕްރައިވެޓް ޖެޓު އަދި ޗާޓަޑް ފްލައިޓްގެ ގޮތުގައި އެ އަހަރު ދަތުރުކޮށްފައިވަނީ 2،138 ފްލައިޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް