ތިން ފެކަލްޓީއަކަށް ޑީނުން ހަމަޖައްސާފައި ވަނީ ގައުމީ ޔުނިވާސިޓީގައި ކުރިއަށް ގެންގޮސްފައިވާ ރަސްމިއްޔާތެއްގަ އެވެ. ޑީނުން ހަމަޖައްސާފައިވާ ތިން ފެކަލްޓީއަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެން ޓުވަރިޒަމް ގެ އިތުރުން ސްކޫލްސް އޮފް މެޑިސިން އަށެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން ގެ ޑީން އަކަށް ހަމަޖައްސާފައިވަނީ ނާދިޔާ އަހްމަދު އެވެ ނާދިޔާ ވަނީ ގައުމީ ޔުނިވާސިޓީގެ ސީއެފްއެސްގެ ސީނިޔާ ލެކްޗާއެއްގެ މަގާމު. ޑީން އޮފް ސްޓޫޑެންޓް ގެ އިތުރުން އެމްއެންޔޫގެ އެގްޒަމިނޭޝަން ކޮންޓްރޯލަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި ނާދިޔާ އަކީ ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ބޭކަނބަލެކެވެ.
ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ގެ ޑީން އަކަށް ހަމަޖައްސާފައިވަނީ ޒީނަތު ސޯލިހް އެވެ. ޒީނަތު ވަނީ މީގެ ކުރިންވެސް އެފްއެޗްޓީއެސްގެ ޑީންކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ. ޒީނަތަކީ އެފްއެޗްޓީއެސް ގެ ގިނަ މަގާމުތަކެއް އަދާކުރައްވައި ތަޖުރިބާ އެ ދާއިރާ އިން ތަޖުރިބާ ހޯއްދަވާފައިވާ ބޭކަނބަލެކެވެ.
މީގެ އިތުރުން ދެން ސްކޫލްސް އޮފް މެޑިސިން ގެ ޑީން އަކަށް ހަމަޖައްސާފައިވަނީ ޑރ. ޝީޒާ އަލީ އެވެ. ސްކޫލްސް އޮފް މެޑިސިން އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ޝީޒާ ވަނީ ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ މަގާމާއި އެ ސްކޫލުގެ ޑީންގެ މަގާމުގެ އިތުރުން 1995 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާ ގައި މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ޝީޒާއަކީ ލޮލުގެ ޑޮކްޓަރެކެވެ.