ads
ދިވެހިންނަށް ޔޫރަޕަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާގުޅޭ ގޮތުން މަޝްވަރާކޮށްފ
ދިވެހިންނަށް ޔޫރަޕަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކެއް ހޯދުމާގުޅޭ ގޮތުން ފްރާންސް އިން ރާއްޖެއަށަ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖިއަން ފްރާންސޮއިސް އާއި މަޝްވަރާކުރައްވައިފި އެވެ.

ލފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ސަފީރު ޕެކްޓޭޓަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ފްރާންސްއާ ދެމެދު އޮތް ގާތް އެކުވެރި ގުޅުންތަކަށް އަލިއަޅުއްވައި، ދެފަރާތުން އެެއްބަސްވާ ދާއިރާތަކުން މިހާރު އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މިބައްދަލުވުމުގައި އިގްތިސާދީ ތަރައްގީ، މޫސުމަށް އަންނަ ބަދަލުތަކާއި، ސަލާމަތީ ގުޅުން ވަރުގަދަކުރުން، ދެގައުމުގެ ރައްޔިތުން ރައްޔިތުންނާމެދު އޮންނަ ގުޅުން ވަރުގަދަކުރުން، ޔޫރަޕަށް ދަތުރުކުރުމަށް ދިވެހިންނަށް ފަސޭހަކުރުމާއި، ރާއްޖޭގެ މަހުން ނަގާ ޓެރިފް ކުޑަކުރުން ފަދަ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ސަފީރު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޒަމީރަށް ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް