ads
އިސްލާމިކް ޗެރިޓީ ފަނޑުން ގުރައިދޫއަށް 32 އެނދު
އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑުން 32 އެންދު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ޒަމާނީ މެޑިކަލް މި އެނދުތަކުގެ ޖުމްލަ އަގަކީ 504000 ރުފިޔާކަމަށެވެ. މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިސްކިތްތައް މަރާމާތުކުރުމަށާއި ދީނީކަންކަމަށް އެހީވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެ ވުޒާރާއަށް ފައިސާ ހަވާލުކުރަމުން ގެންދާކަމަށެވެ. މިނިސްޓްރީ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުްނގެ މަރުކަޒަށް ހަދިޔާ ކުރި އެނދަކީ އެގޮތަށް މީހުންކޮސްފައިވާ ހައިރާތުން ހަދިޔާކުރި ތަކެތިކަމަށެވެ. 

"އަޅުގަނޑު އެދެނީ ރައްޔިތުން ހައިރާތާއި ސަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުން. ނިކަމެތިންނާއި ގުރުއާން ކްލާސްތަކާއި ގުރުއާން މުބާރާތްތަކާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރެރީތައް ގާއިމުކުރުމަށާއި ތައުލީމާއި އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް. މިއުން ކޮންމެ ކަމަކީވެސް ހެޔޮ ކަމެއް." ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރައްޔިތުން ހައިރާތާއި ސޮދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް އެދިވަޑައިވަޑައިގަންނަވާފަ އެވެ. އަދި ނިކަމެތިންނަށާއި ގުރުއާން ކުލާސްތަކަށާއި ގުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ގާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ހަރަދު ކުރުމަށް ކަމަށްވެސް އެދިވަޑައިގެންނެވި އެވެ. މިއިން ކޮންމެ ކަމަކީ ވެސް ދީނުގައި ހެޔޮ ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑުގެ ނަމުގައި ފަނޑެއް ގާއިމުކޮށްފަ އެވެ. މިނިސްޓަރ ޝަހީމު ވިދާޅުވީ އެ ފަނޑު ފުޅާކޮށް، ފަސޭހައިން ސަދަގާތް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް