ads
އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު
އިސްލާމްދީނަށް ލިބިގެންވާ އެންމެ މަތިވެރި ސިފައަކީ އިހުސާންތެރިކަން: މިނިސްޓަރު
އިސްލާމްދީނަށް ލިބިގެންވާ އެންމެ މަތިވެރި ސިފައަކީ އަދި އިސްލާމްދީނުގެ އައިޑެންޓިޓީ އަކީ އިހުސާންތެރިކަމާއި އޯގާތެރިކަން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 މެޑިކަލް އެނދު ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު މިނިސްޓަރު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ލިބިގެންވާ އެންމެ މަތިވެރި ސިފައަކީ އިހުސާންތެރިކަން ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ލިބިގެންވާ އެންމެ މަތިވެރި ސިފައަކީ އަދި މި ދީނުގެ އައިޑެންޓިޓީ އަކީ އިހުސާންތެރި ކަމާއި އޯގާތެރިކަމުގެ ދީންކަން. ކީރިތި ގުރުއާނުގައި ﷲ އައްޒަވަޖަލް މި ވާހަކަ ބަޔާން ކުރައްވާފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައި ވަނީ އިހުސާންތެރިކަމާއި ކުލުނުވެރިކަމަކީ ކީރިތި ރަސޫލާގެ ހުލްގުފުޅުގައި ހުރި އެންމެ މާތް އެންމެ މަތިވެރި ސިފަފުޅުކަމުގަ އެވެ. އަދި ކީރިތި ރަސޫލާއަށް އެންމެ ފުރަތަމަ ވަހީ ބާވައިލެއްވުނު ހާދިސާ އަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ހާދިސާއިން ވެސް އަޅުގަނޑުމެންނަށް ކީރިތި ރަސޫލާގެ ޝަހުސިއްޔަތުގައި ހުރި ރިވެތި އަހުލާގާއި އިހުސާންތެރިކަމުގެ ސިފަތައް އެނގިގެންދާކަމަށެވެ.

"ކީރިތި ގުރުއާނުގައި އަޅުގަނޑުމެން މުސްލިމުންނަށް އަމުރުކުރައްވަނީ އެއްބަޔަކު އަނެއްބަޔަކަށް އިހުސާންތެރިވުމަށް އަޅާލުމަށް އޯގާތެރިކޮށް ކަންތައްތައް ކޮށްދިނުމަށް. އެއީ އަޅުގަނޑުގެ ތެރޭގައި ހެޔޮ ސިއްހަތުގައި ތިބޭ މީހުންނަށް ވިޔަސް އަދި ބަލި ހާލަތުގައި ތިބޭމީހުންނަށް ވިޔަސް. އަދި ބަލި ހާލަތުގައި ތިބޭ މީހުންނަށް ތިބޭ މީހުންނަށް އިތުރަށް އަޅާލުމަކީ އެއީ ﷲ ގެ ހަޒްރަތުގައި ނުހަނު މަތިވެރިކަމެއް" މިނިސްޓަރު ޝަމީމް ވިދާޅުވި އެވެ.

your imageއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސޯޝަލް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އަދި ދެ މިނިސްޓްރީގެ އިސްވެރިން

މިހާރުގެ ރައީސް ޑރ. މުހަންމަދު މުއިއްޒު ގެ ސިޔާސަތުތައް ބިނާވެފައި ވަނީ މި އަސާސްތަކުގެ މައްޗައް ކަމަށާއި އެމަނިކުފާނު އެންމެ އުފާފުޅުވާ ކަމަކީ ސޯޝަލް މިނިސްޓްރީގެ މިނިސްޓަރަކަށް ހުންނެވީ ވެސް ތޮބީއަތުގައި ވެސް އޯގާތެރި ބޭފުޅަކަށް ވުމެވެ.

މި ސަރުކާރުން އަދި ވަކިން ހާއްސަކޮށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ޑެވެލޮޕްމަންޓް އިން ކުރިއަށް ގެންދާ ސިޔާސަތުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަުއަކީ ކުލުނުވެރި އޯގާތެރި އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކެއްގެ އިހުސާސްތައް ދަންނަ މުޖުތަމައު އަކަށް ވެގެންދާނެކަމަށް ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ޝަހީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް