ads
ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ހުށަހަޅައިފި
އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީއާ އެކު މިހާރު ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ޑިމޮކްރެޓްސް އިން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ހުށަހަޅައިފި އެވެ.
Advertisement

މި ޖަލްސާ ބާއްވަން ހުށަހަޅާފައި ވަނީ 38 މެމްބަރުންގެ ސޮޔާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓިން ވަކިވި މެމްބަރުންތަކެއް އުފެއްދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމާއި މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރުން ވެސް މި ޖަލްސާ ބާއްވަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފަ އެވެ.

ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވުމަށް މަޝްވަރާތައް ފަށާފައިވާއިރު މަޖިލިސް މިއަހަރަށް ހުޅުވައި ޖަލްސާތައް ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުވަން ނިންމައި އެކަން އިއުލާނު ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެ ޖަލްސާގައި ކެބިނެޓު މިނިސްޓަރުންނަށް ރުހުންދިނުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުށަހަޅާނެ ކަމަށެވެ.

"އެޖެންޑާގައި ހިމަނަން އަޅުގަނޑުމެން ހުށަހަޅާފައިވާ އެއް ކަމަކީ އިންތިހާބު ތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން،" ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ދައުރަކާ އެކު އިތުރު ވަމުންދާތީ، އެކަން ހައްލު ކުރުމަށް މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

މީގެއިތުރުން އެންޓި ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނެއް ގެނައުމަށް ވެސް ދެ ޕާޓީން މަޝްވަރާ ކުރަމުންދާ ކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި އެވެ.

އަދި އެމްޑީޕީ އާއި ދަ ޑިމޮކްރަޓްސް ޕާޓީ ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް މިއަދުގެ ދެ ޕާޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އަދަދަކީ މިހާރު 55 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް