ރިޕޯޓުތައް ބުނެފައިވަނީ އޭނާ ޑޭޑް ކުރަމުން އަންނަނީ، އީޒްމައިޓްރިޕްގެ ބާނީ ނިޝާންތު ޕިއްޓީއާއެވެ.
ކަންގަނާއާއި ދެ މީހުން އެކީގައި އަޔޯދާގައި ދާދިފަހުން ހުޅުވި ރާމް މަންދިރު ހުޅުވަން ވެސް އެކުގައި ގޮސް އުޅޭ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.
ނަމަވެސް މި މައްސަލައިގައި ކަންގަނާވަނީ ނުރުހުން ފާޅުކޮށްފައެވެ.
"ކޮންމެ ދުވަހަކު އަހަންނާ ފިރިހެނަކާ އަޅުވާކިއުން ހުއްޓާލަން ވެއްޖެ، އެއީ މީހެއްގެ ފިރިއެއް،" ކަންގަނާ ބުންޏެވެ.
ކަންގަނާއަކީ އެނާގެ ލޯބީގެ ސަފުހާތައް އާންމުކޮށް ހުޅުވާލާ މީހެއް ނޫނެވެ. ނަމަވެސް މިފަހަރު މި ހަބަރު ކަންގަނާ ދޮގުކޮށްފައި މިވަނީ ވަރަށް އަވަހަށެވެ.