ބިގް ބޮސްގެ ފައިނަލަށް ގޮސްފައިވާ ފަސް މީހުންނަކީ އަބިޝެކް ކުމާރު، މުނާވަރު ފްރޫކީ، މަންނާރާ ޗޯޕްރާ، އަންކިތު ލޮޚާންޑޭ އަދި އަރޫން މަޝެޓާ އެވެ.
ބިގް ބޮސްގެ ފައިނަލިސްޓުން ހޮވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ފައިނަލިސްޓުން ހޮވާ އެޕިސޯޑުގެ ދިގުމިނަކީ ހަ ގަޑީރެވެ.
ދާދިފަހުން ކަޓައިގެން ދިޔަ އައިޝާ ހާން ގަބޫލުކުރާގޮތުން ބިގް ބޮސް މިފަހަރު ކާމިޔާބު ކުރާނީ، އަންކިތު ލޮޚާންޑޭ އާއި އަބިޝެކް ކުމާރު ތެރެއިން އެކަކެވެ.
ނަމަވެސް ފައިނަލިސްޓުން ހޮވުމަށް ބާއްވާ އެޕިސޯޑު ބެލުމުން ނޫނީ އައިޝާގެ ހިސާބު މިފަހަރު ދިމާވާނެކަމެއް ނުވަތަ ނޫންކަން ޔަގީނެއް ނުވާނެވެ. ފައިނާލޭ އެޕިސޯޑު ވަރަށް ފޯރިގަދަވާނެކަމަށް ބެލެވެއެވެ.