ads
ހަނިމާދޫ އާ ރަންވޭއަށް އާދިއްތަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ
ހަނިމާދޫ އެއާޕޯޓްގެ އައު ރަންވޭއަށް އަންނަ އާދިއްތަ ދުވަހު ޓެސްޓް ޕްލައިޓް ޖައްސަން ތަްޔާރުވަމުން އަންކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެފިއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. މި މަޝްރޫއު މަސައްކަތް ފައްޓަވާދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ.

މި މަޝްރޫއުގެ ދަށުން 3460 މީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރުގެ ޖާގައިގެ ބޮޑު ޓާމިނަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިޔަށް ގެންދާ މި މަޝްރޫއުގެ އަގަކީ 136 މިލިއަން ޑޮލަރެވެ. 

your imageހަނިމާދޫ އެއާޕޯޓްް ނިމޭއިރު ފެންނާނެ ގޮތުގެ ކުރެހުމެއް

ރީޖަނަލް އެއަރޕޯޓުން ބުނީ އައު ރަންވޭގައި މިހާރު ކުރިޔަށް ދަނީ ލައިޓް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބާކީ ހުރި ރަންވޭ މަސައްކަތްތައް ގާތްގަޑަކަށް ނިމިފައިވާކަމަށްވެސް ރީޖަނަލް އެއަރޕޯޓްސް އިން ބުނެއެވެ. އެއަރޕޯޓްގެ މަސައްކަތް ފރިހަމަކޮށް މިއަހަރުގެ ފަހު ކުއަޓަރގައި އެއަރޕޯޓް ހުޅުވިގެންދާނެކަމަށް ީޖަނަލް އެއަރޕޓްސް ގެ އެމްޑީ އަހްމަދު މުބީން ވަނީ ވިދާޅުވެފައެވެ. 

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް އެ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ. އަދި ހަނިމާދޫ އެއާޕޯޓް މަޝްރޫއު ނިމުމުން ސީދާގޮތުންނާއި ނުސީދާގޮތުން، ބޮޑުތިލަދުންމަތީގެ އިގްތިސާދަށް އިތުރު ދިރުން ލިބިގެންގޮސް އެތައްހާސް ވަޒީފާގެ ފުރުސަތުތައް އުފެދި، ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދުތައް، އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ރީޖަނަލް އެއާޕޯޓުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް