ަރާއްޖެއާއި އިންޑިއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އާންމުކުރި ވީޑިއޯގައި ރާކީ ވަނީ އިންޑިއާއަށް އެއްޗެހިކިޔާ ފެންވަރު ބައެއް ނޫންކަމަށް ބުނެފައެވެ.
ރާކީ ވަނީ ރާއްޖެ ބޮއިކޮޓްކުރުމަށް އެތައްފަހަރަކު އޭނާގެ ވީޑިއޯގައި ގޮވާލާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕްއަށް ކުރެއްވި ދަތުރުފުޅަކާއި ގުޅިގެން ދިވެހިރާއްޖޭގެ ތިިން ސްޓޭޓް މިނިސްޓަރަކު އެމަނިކުފާނަށް ނިސްބަތްކޮށް ފުރައްސާރަކޮށް ހެދުމުގެ ސަބަބުން އިންޑިއާގެ ގިނަބަޔަކު މިހާރު އަންނަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮލީވުޑުގެ މަޝްހޫރު ތަރިންވެސް އަދި އިންޑިއާގެ މަޝްހޫރު ސިޔާސީ މީހުން ވެސް ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;