ads
މީދާ ކާގޮތަށް ކެއުން މަގުބޫލުވަނީ، މިއީ ރައްކާތެރިކަމެއްބާ؟
"ރެޓް ސްނެކިން" ނުވަތަ މީދާ ކާގޮތަށް ކެއުން މަގުބޫލުވަމުން އަންނައިރު، މިއީ ރައްކާތެރިކަމެއްތޯ ބަލާލުން މުހިންމެވެ.

މިގޮތަށް ކެއުން މަގުބޫލުވެ ސޯޝަލް މީޑިއާގައި ޓްރެންޑަކަށްވެފައިވާއިރު، "ރެޓް ސެނެކިންގައި" ހިމެނެނީ ދޭތެރެ ދޭތެރެއިން ކުދި ކުދި އެތިކޮޅުކޮޅު ކެއުމެވެ. އަދި ކާއިރު އާންމުކޮށް މީހުންކާތަކެތި އެއްކުރާ ގޮތާއި ހިލާފަށް ވެސް ކާތަކެތި އެއްކުރެއެވެ. 

މިސާލަކަށް ވެނީލާ އަސިސް ކްރީމާއި، ފްރެންޗް ފްރައިޒް އެއްކޮށްގެން ކެއުމާއި، ޗީޒް ކޮޅުކޮޅު ކެއުންފަދަ ކަންކަން އަންނަނީ މަގުބޫލުވަމުންނެވެ. އަދި އަސާރައި ފޮނި އެއްޗެހި އެއްކޮށްގެން ކެއުންވެސް އަންނަނީ މަގުބޫލުވަމުންނެވެ.

"ރެޓް ސްނެކިން" އަށް ތާއީދުކުރާ މީހުން ބުނާގޮތުން، މީދަލެއްގޮތަށް ކެއުމުން، އުކާލަންޖެހޭ ކާބޯތަކެތި މަދުވުމުގެ އިތުރުން ކާބޯތަކެއްޗަށް ކުރާ ހަރަދުކުޑަވެއެވެ. 

"ރެޓް ސެނެކިން" އާއި ގުޅޭގޮތުން ލައިފް ކޯޗު އަދި ފެޓް ލޮސް ކޯޗު ޖާޝަން ޖިވް ވިދާޅުވެފައިވަނީ، ހިކެން ބޭނުންވާ މީހުންގެ މެދުގައި ރެޓް ސްނެކިން މަޝްހޫރު ނަމަވެސް، ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. 

"އަހަރެމެން ރަނގަޅު ކެއުމުގެ ޝެޑިއުލަކަށް ތަބާވާންއެބަޖެހޭ. އަހަރެމެންގެ ހަށިގަނޑަކީ ޑަސްޓްބިންއެއް ނޫން، އަދި އަހަރެމެން ކާ އެއްޗަށް ވެސް ސަމާލުކަން ދޭން ޖެހޭނެ. އަހަރެމެންގެ ޕްރައިމަރީ ފޯކަސް އަބަދުވެސް ވާންޖެހޭނީ ހަށިގަނޑުގައި ނިއުޓްރިއެންޓްސް ފުރިހަމަ ކުރަން. އަހަރެމެންނަކީ އިންސާނުން، މީދަލެއް ނޫން، އެހެންވީމަ އަހަރެމެންގެ ކެއުމުގެ އާދަތައް ވެސް ހުންނަންޖެހޭނީ އިންސާނުން ފަދައިން،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވާގޮތުން "ރެޑް ސެނެކިންގެ" މަދު ފައިދާތަކެއް ވެސް ހުރެއެވެ. އޭގެ ތެރޭގައި ކާގަޑިތަކުގައި އާދަޔާހިލާފަށް ގިނައިން ނުކެއުން ހިމެނެއެވެ. ސަބަބަކީ "ރެޓް ސްނެކް" ކުރާ މީހުން އިރުކޮޅުކޮޅަކާ ކޮންމެވެސް އެއްޗެއް ކައިކައި ތިބޭތީއެވެ. 

އިންސާނުން "ރެޓް ސެނެކިން" ޝައުގުވެރިވާ ގޮތާ ބެހޭ ގޮތުން ނަފްސާނީ ޑޮކްޓަރު ޑރ ސަރްތަކް ޑޭވް ވިދާޅުވެފައިވަނީ، ގިނަބަޔަކަށް މީރު ކާތަކެތި ހަދަން މިޒަމާނުގައި ވަގުތުނުވާކަމަށެވެ. 

ނަތީޖާއެއްގެ ގޮތުން ބައެއް މީހުން އެންމެ ގަޔާވާ ކާނާ ތަފާތުތަކެއްޗާ އެއްކުރަނީ މީރު ރަހައެއް ހޯދުކުގެ އުންމީދުގައެވެ. 

ޑރ ސަރްތަކް ވިދާޅުވާ ގޮތުގައި "މިގޮތަށް ކެއުމުގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެ އުފާވެރިކަން އިތުރުވެގެންދޭ،" އެވެ.

ލައިކްތަކާއި ޕޮޒިޓިވް ކޮމެންޓްތައް ލިބުމަކީ ހިތްހަމަޖެހުން ލިބޭކަމަކަށްވެގެންދާކަމަށް ޑޮކްޓަރު ވިދަޅުވެއެވެ. 

މާހިރުންހެ މި ކޮމެންޓުތަކާއެކު، ޖުމްލަކޮށް ބުނާނަމަ، "ރެޑް ސްނެކިން" ނުވަތަ މީދާ ކާގޮތަށް ކެެއުމަކީ ސިއްހަތަށް ފައިދާހުރިކަމެއް ނޫނެވެ. ނަމަވެސް މިކަން ޓްރެންޑަކަށް ވެފައިވަނީ އަމިއްލަ ހިތްހަމަޖެހުމަށްޓަކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް