ads
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ
އިނގިރޭސި ރަސްގެފާނު ޗާލްސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ސިއްހީ ފަރުވާއަށް ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކޮށްފި ކަމަށް ބަކިންގްހަމް ޕެލެސްސުން ބުނެފި އެވެ.

ރަސްގެފާނު އެޑްމިޓު ކޮށްފައި ވަނީ ލަންޑަން ކްލިނިކް ޕްރައިވެޓް ހޮސްޕިޓަލެއްގަ އެވެ. 

ރަސްގެފާނަށް ކުރިމަތިވެފައި ވަނީ ސީރިޔަސް ސިއްހީ މައްސަލައެއް ނޫން ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށް ވެސް ގަނޑުވަރުން ހާމަކުރެއެވެ.

މިހާރު އުމުރުފުޅުން 75 އަހަރު ވެފައިވާ ޗާލްސްގެ ފަރުވާ ކިހާ ދުވަހެއް ހޭދަވާނެ ކަން ސާފެއް ނޫނެވެ.

ރަސްގެފާނަށް ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމުގެ މައުލޫމާތު ހާމަ ކޮށްފައި ވަނީ، މި މައްސަލައާއި މެެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ނިޔަތުގައި ކަމަށް އިނގިރޭސި ނޫސްތަކުން ބަކިންގްހަމް ޕެލެސްއާއި ހަވާލާދީ ވަނީ ރިޕޯޓްކޮށްފަ އެވެ.

ޗާލްސް އިނގިރޭސިވިލާތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ މަންމާފުޅު ރާނީ އެލިޒަބަތު ދޭއް އެ މަހުގެ 8 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް