މި ދެތަންވެސް ހުޅުވާދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ކޮމިޝަނަރ މި ދެ ޕޯސްޓް ހުޅުވާދެއްވީ މިހާރު ރ އަތޮޅާއި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގެ ތެރެއިިންނެވެ.
ނ. ހެނބަދޫއާ ޅޮހީގައި ގާއިމުކުރި ދިވެހި ފުލުހުންގެ ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި އެރަށްރަށުގެ ކައުންސިލްތަކުގެ އިސްވެރިންގެ އިތުރުން އާއްމުން ބައެއް މީހުންވެސް ވަނީ ބައިވެރިވެފައެވެ.
ކޮމިޝަނަރކަމާ ހަވާލުވެވަޑާއިގަތުމަށްފަހު އަލީ ޝުޖާއު ގެންދަވަނީ ބައެއް އަތޮޅުތަކަށް ވަޑައިގެން އެރަށްރަށުގައި ޤާއިމުކުރި ފުލުހުން ޕޯސްޓްތައް ހުޅުވާދެއްވަމުންނެވެ. މިމަހުގެ 11 ވަނަދުވަހު ސީޕީވަނީ ލ. މާބައިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވާފައެވެ.