މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 އިން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.
އެހެންކަމުން ހުރިހާ ދުވަހެއްގައިވެސް ރެކޯޑް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އަންނަ ހަފްތާ ބަންދުގައިވެސް ޑީޖޭއޭގެ ޑެސްކްތަކުން އެހިދުމަތް ލިބޭގޮތަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.
މި މުއްދަތުގައި ހުކުރު ދުވަސްތަކުގައި ހިދުމަތް ލިބޭނީ ހަވީރު 16:00އިން 19:00އަށެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ހިދުމަތް ލިބޭނީ ހެނދުނު 11:00އިން 15:00އަށެވެ.
ރެކޯޑް ސާފުކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ހިނގާނެތީ މި މުއްދަތު ލިބޭ ގޮތަށް ރެކޯޑް ސާފުކުރުމަށް ހުށަހެޅުމަށް ޑީޖޭއޭ އިން ވަނީ އެދިފަ އެވެ.
ޑީޖޭއޭގެ ރިސެޕްޝަން ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރެކޯޑް ސާފުކުރަން ހުށަހެޅޭނެ އެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.
ރެކޯޑް ސާފުކުރުމަށް އެދި ހުށައަޅަންޖެހޭނީ "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ޖަދުވަލު "1" ފޯމު މެދުވެރިކޮށެވެ. ފޯމު ރިސެޕްޝަނުންނާއި، ޑީޖޭއޭގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.