މީރާއިން ބުނީ، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މީރާ ނައިފަރު ކަލެކްޝަން ސެންޓަރުގެ ހިދުމަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.
ނައިފަރު ކަލެކްޝަން ސެންޓަރުގެ ހިދުމަތް ހުއްޓާލުމަށް ނިންމީ، އެ ރަށު ކައުންސިލާއެކު ގާއިމްކޮށްފައިވާ އެރޭންޖުމަންޓު ނިމުމަކަށް އައުމާއި، ކަލެކްޝަން ސެންޓަރުން ދެމުން އައި އެއް ހިދުމަތްކަމުގައިވާ ވެހިކަލް ފީތައް ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުންކަމަށެވެ.
ޓެކްސް ދައްކާ ފަރާތްތަކުން މީރާގެ އޮންލައިން ޚިދުމަތްތައް ބޭނުން ކުރުމަށް އެ އޮތޯރިޓީއިން އިލްތިމާސްކުރެ އެވެ.