އެ ޕާޓީން ބުނީ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމައިފައި ވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ ހަތަރު ދާއިރާއަށް ކަމަށެވެ. އެއީ؛
- ވައިކަރަދޫ ދާއިރާ
- މަކުނުދޫ ދާއިރާ
- އިނގުރައިދޫ ދާއިރާ
- ފެލިދޫ ދާއިރާ
މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ނިންމާފައިވާ ހަތަރު ދާއިރާއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން އެޕާޓީގެ ޓިކެޓު ދޭނެ މީހުން ކަނޑައެޅީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ.
އަދާލަތު ޕާޓީގެ ޓިކެޓު ދޭން ރޭ ކަނޑައެޅި މީހުންގެ ތެރޭގައި އެޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ހިމެނިވަޑައިގަންނަވަ އެވެ. މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ އިމްރާންގެ އިތުރުން ދެން ޓިކެޓް ލިބުނު ބޭފުޅުންނަކީ:
- ހުސައިން ސަގީފް/ ވައިކަރަދޫ ދާއިރާއަށް
- އިސްމާޢީލް ހަމީދު/ ފުނަދޫ ދާއިރާއަށް
- އިސްމާއީލް އަލީ/ އިނގުރައިދޫ ދާއިރާއަށް
އަދާލަތު ޕާޓީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީ އެކެވެ. ނަމަވެސް އިންތިހާބު ތަކުގައި ވާދަކޮށް ކާމިޔާބު ހޯދުމުގައި އެެ ޕާޓީ އަކީ ވަރަށް ނާކާމިޔާބު ޕާޓީ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ މާޗް 17 ވަނަ ދުވަހު އެވެ.