ads
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން އުޅުނު އައިހަވަން މަޝްރޫއުގެ ކުރެހުމެއް: މި މަޝްރޫއުއަށް ހަގީގީ ސިފައެއް ނާދޭ
އިހަވަންދިއްޕޮޅު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފި
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓެޑް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް، އެ ސަރަހައްދަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ކެބިނެޓްގެ ބައްދަލުވުމުގައި ނިންމާފައިވާ މުހިންމު ނިންމުންތަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ހަވީރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އިހަވަންދިއްޕޮޅު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ޑިވެލޮޕް ކުރުމަށްޓަކައެވެ.

ނާޒިމް ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ މާސްޓާ ޑެވެލޮޕާ ގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ހަމަ ޖައްސާފައިވާ ކަމަށެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އަކީ މި ސަރުކާރުން އަލަށް އުފެއްދި ކުންފުންޏެކެވެ.

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށްގެން ސަރުކާރުން އުފެއްފި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފައްދާފައިވަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ އަދި އެމްޓީސީސީ ގުޅިގެންނެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވީ މި މަޝްރޫއުއަކީ މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރި ހިމެނޭ ގޮތަށް ހިންގާ އިންޓަގްރޭޓަޑް މަޝްރޫއެއް ކަމަށެވެ.

"މި މަޝްރޫއު ހިންގަން ކަނޑައަޅާފައިވާ ސަރަހައްދު ސްޕެޝަން އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ހަމަޖެއްސުން،" ނާޒިމް ވިދާޅުވި އެވެ.

އައިހެވަން ގެ ނަމުގައި މިފަދަ މަޝްރޫއުއެއް ކުރިއަށް ގެންދަން ކުރީގެ ރައީސް ޔާމީނުގެ ޒައާންމަތުގައި މަސައްކަތްކޮށްފައިވެ އެވެ. އެ މަޝްރޫއަކީ 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި އޭރުގެ ޔާމީން އިއުލާން ކުރެއްވި މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް