ads
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 100 ހެކްޓަރު ބިން ހިއްކައިފި
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ. 

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ގުޅިފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން މިއަދު ހިއްކައި ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މި މަސައްކަތަށް ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި މަސައްކަތްކުރުމަށް ގުޅިފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

"ރަސްމާލެ" މަޝްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ، ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް