ads
އެމް-ފައިސާ ބޭނުންކޮށްގެން ކޮންމެ ދެ މަހުން އެއް މަހު އައިފޯނެއް
އުރީދޫގެ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާގެ ކަސްޓަމަރުންނަށް ކޮންމެ ދެ މަހުން އެއް މަހު އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމް-ފައިސާ މެދުވެރިކޮށް ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1500 ރުފިޔާ އާއި އެއަށް ވުރެ މަތިން ފައިސާގެ މުއާމަލާތްކުރާ ކަސްޓަމަރުންނަށް ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ހަ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ދެ މަހަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯ މެކްސްއެއް ހަދިޔަ ކުރާ ގޮތަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އުރީދޫއިން ބުނީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށާއި، އެމް-ފައިސާ އަށް ރެޖިސްޓަރީ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓަރީ ވެވޭނެ ކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލްކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް