ads
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އާދިއްތަ ދުވަހު ހިންގި މާރާމާރީގެ
މަޖިލީހުގެ މެމްބަރުން މުދަލަށް ގެއްލުން ދިނަސް މައްސަލައަކަށް ނުވަނީތަ؟!
ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލީހުގެ މެމްބަރުން އެ މަޖިލީހުގެ އަގުބޮޑު ތަކެއްޗަށް ގެއްލުން ދިނުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.
Advertisement

މިފަދަ ކަމެއް ރައްޔިތު މީހާ ކޮށްފިނަމަ ހައްޔަރުކޮށް ދައުވާކޮށް ހަދައެވެ. ނަމަވެސް މަޖިލީހުގެ "އިއްޒަތްތެރި" މެމްބަރުން މަޖިލީހުގެ އަގުބޮޑެތި މުދަލައް ގެއްލުންދީ މުޅި މަޖިލީސް އެކޮށް ފުނޑާލިޔަސް އެކަން މައްސަލައަކަށް ވެގެން އެ މެމްބަރަކު ހައްޔަރުކޮށް ދޭން ޖެހޭ އަދަބެއް ނުދެވެނީ ކީއްވެ ހެއްޔެވެ؟

ރައްޔިތުން މީހާއަށް ވުރެން އެ މެމްބަރު މާ ބޮޑަށް "އިއްޒަތްތެރި" ވީމާ ހެއްޔެެވެ؟ ނުވަތަ އެ މެމްބަރަކީ ރައްޔިތު މީހާއަށް ވުރެން ލާރި އޮތް އަދި މާ ބާރުގަދަ މީހަކަށް ވީމާހެއްޔެވެ؟

މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ބޭނުން ނުވާ ކަމެއް ނިންމަން މަޖިލީހަށް ހުށަހެޅުމާއި އެކު އެ މެމްބަރުންތަކެއް ވަގުތުން އެކަން ހުއްޓުވުމަށް މަޖިލީހު އާންމާން އޮމާން ކަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމުންދާ ތަން ފެންނަނީ މަދަކުން ނޫންނެވެ. ބަޔެއް ފަހަރަށް އެއްމެބަރަކު އަނެއް މެމްބަރަކު ގަޔަށް އަތްލާ މަޖިލީހުގެ އަގުބޮޑެތި މުދާތަކަށް ގެއްލުންދީ ހަދާ މަންޒަރަކީ ރައްޔިތުން ބަލަން އެންމެ ބޭނުންވާ މަންޒަރު ހެއްޔެވެ.

your imageރިޔާސަށް ވަޑައިގަންނަވަން ފުރުސަތު ނުދެއްވުމުން މިނިސްޓަރުން އިންނަވާ މޭޒުކޮޅުގައި އަސްލަމް ޖަލްސާ ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރަނީ

މިކަމާއި ދެކޮޅަށް ރައްޔިތުން ނިކުމެއްޖެ ނަމަ ގައުމުގެ އަމާންކަން ނަގާލަން އުޅޭކަމުގެ ތުހުމަތުގައި އެ މީހަކު ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަހައްޓި ނަމަވެސް މި "އިއްޒަތްތެރި" މެމްބަރުން މަޖީލީސް ތެރޭގައި ކޮންމެފަދަ ގޮތަކަށް އަމަލު ކުރިނަމަވެސް އެ މީހާކާއި މެދު ފިޔަވަޅު އަޅާތަން އެއްގޮތަކަށްވެސް ނުފެންނަކަމީ ހިތާމަ ހުރި ކަމެކެވެ.

"ދެން ކީކޭ ދޯ ބުނާނީ މި މީހުން ގޮސް ރައްޔިތުންގެ އަތުން ލާރި ހޯދާއިގެން ގަންނަ އަގު ބޮޑު މުދަލަށް ގެއްލުން ދިނީމަ އެއީ އެއްވެއް މައްސަލައެއް ނޫން. އެކަމު އެ މީހުންނާ ދެކޮޅަށް ރައްޔިތުން އަޑު އުފުލީމާ އެކަން ވެގެންދަނީ ވަރަށް ބޮޑު މައްސަލަ އަކަަށް. މި މީހުންނައް ވުރެން ރަނގަޅުވާނެ އަހަރުން ގެ 8 އަހަރުގެ ދަރިފުޅުވެސް މަޖިލީހަށް ލާން. ގައިމުވެސް ގޮސް މޭޒުމައްޗަށް އަރާ ހަޅޭކެއް ނުލަވާނެ ކަންނޭންގެ" ޒުވާނަކު މިކަމާ ނުރުހުން ފާޅުކޮށް ބުންޏެވެ.  

މިކަމަކީ އަސްލު ވަރަށް ހިތާމަހުރިކަމެއްކެވެ. ރައްޔިތުން މި ބޭފުޅުން މަޖިލީހަށް އިންތިހާބު ކޮށްފައި ވަނީ މި ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލާ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ މަޖިލީހުން ފާސް ވާނެ ގޮތެއް ހަދާއިދިނުމަށް ނަމަވެސް ގިނަ ފަހަރަށް މިކަން ދަނީ ރައްޔިތުނެ ބޭނުންވާ ގޮތާއި ހިލާފަ އެ ބޭފުޅުން ގެ ޕާޓީ ނުވަތަ އެބޭފުޅުންގެ "ބޮޑު މީހުން" އަންގާ ގޮތުއާއި އެގޮތަށްކަމީ ރައްޔިތުންނައް ލިބިގެންދާ ވަރަށް ބޮޑު ހިތްދަތި ކަމަށްކަމަށެވެ.

"އަހަރުން އެ މީހުން ހޮވީމަ މި މީހުން ގޮސް މަޖިލީސް ތެރޭގައި މި އުޅެނީ ކުޑަ ކުދިން އުޅޭ ވައްތަރަށް. މިޔަށް ވުރެން ރަނގަޅު ވާނެ އަހަރުން ވެސް ގައިމުވެސް ގޮސް އެކަކު އަނެކަކު ގަޔަކަށް އަތެއް ނުލާނެ ތޯ؟" ސިޔާސީ ކަންކަމުގައި ވަރަށް ދުވަސް ވަންދެން އުޅެ މިހާރު ސިޔާސީ މަސައްކަތާއި ދުރުގައި ހުންނެވި މީހަކު ބުންޏެވެ.

ދެން ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ މި މެމްބަރުން ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނައް ލިބިގެންދަނީ ހަމަ ބޮޑެތި ގެއްލުންތަކެވެ. ނަމަވެސް މި ބޭފުޅުން ބުނާ ގޮތުން އެ ބޭފުޅުންނަކީ "ރައްޔިތުންގެ ހާދިމުން" ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ އަމަލުތަކުން ފެންނަނީ މިއާ ހިލާފަ ވެގެންދާ ތަނެނެވެ.

މިފަހުން މަޖިލިސް ތެރެއިން ފެނުނު އެންމެ "ހުތުރު" އެއް ދުވަހަކީ މިދިޔަ އާދިއްތަ ދުވަހެވެ. އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ވަނީ މާރާމާރީ ހިންގާފަ އެވެ. ބައެއް މެމްބަރުންނަށް ހޮސްޕޓަލުގައި ފަރުވާ ވެސް ދިނެވެ. ކެބިނެޓްގެ މިނިސްޓަރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ބޮޑު ހަމަނުޖެހުމަކަށްވެ، ބޮޑެތި އަރާރުންތައް އެ ދުވަހު މަޖިލީހުގައި ހިނގާފައިވެ އެވެ.

your imageސަރުކާރުގެ މެމްބަރުން މަޖިލިސް ތަޅުލާ ރިޔާސަތުގައި

އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ. ޝަހީމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނާފިޒު ވިދާޅުވީ މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ބައެއް މެންބަރުންނަށް ވެސް ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް