ads
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން
ފޭކު ލޯކަލް ސަނަދުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ނަމުގައި ފޭކު ތައްގަނޑާއި ސޮއި ބޭނުންކޮށްފައިވާ ލޯކަލް ސަނަދުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވާން އެ އޮތޯރިޓީން އެދިއްޖެ އެވެ.

އެމްކިއުއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުންދޭ ލޯކަލް ސަނަދު ތަކުގެ "ރިކޮގްނިޝަން" ތައްގަނޑު ޖެހުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ އޮތޯރިޓީގެ ފޭކް "ރިކޮގްނިޝަން" ތައްގަނޑަކާއި އެ އޮތޯރިޓީގެ މުވައްޒަފެއްގެ ސޮއި ބޭނުންކޮށްފައިވާ ސަނަދުތަކެއް ދައުރުވަމުންދާކަން އެމްކިއުއޭގެ ސަމާލުކަމަށް އައިސްފައި ވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްކުއޭއިން ބުނީ އެފަދަ ކަންކަމުގެ ސަބަބުން މުވައްޒަފުންގެ ހައްގަށް އުނިކަން ލިބި، މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލު އުފެދުމަށް މަގުފަހިވާނެ ކަމަށެވެ.

އެހެންކަމުން އެ ކަން އެމްކިޔުއޭއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

"މިފަދަ ކަންކަމަށް މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ސަމާލުކަން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެތުރުން އެ މައްސަލަ ބަލައިދިނުމަށް އެދި ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް