ads
އެމެރިކާގެ ހާރިޖިއްޔާގެ ނައިބު ލޫ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކޮށްފި
އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލް ލޫ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
Advertisement

ލޫއާ އެކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ އެނާޖީ ރިސޯސަސް ޖެފްރީ ޕަޔާޓް ވެސް ރާއްޖެ ވަޑައިގެންނެވި އެވެ. 

ލޫގެ މިދަތުރުފުޅުގައި މަތީ ތައުލީމާ ގުޅުންހުރި ސަރުކާރުގެ އިސް އޮފިޝަލުންނާ އަދި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލޫ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް އާ ބައްދަލު ކުރެއްވީ މިއަދު ހެދުނު ރައީސް އޮފީހުގަ އެވެ.

"މި ބައްދަލުވުމުގައި ރައީސް އަދި އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ވަނީ ރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ފަލަސްތީނުގެ ގާޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކޮށްގެން ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުވުން ނިންމާލަމުން ލޫ ވަނީ ރިޔާސީ އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް އަދި ވެރިކަމުގެ ކުރީކޮޅު ހާސިލްކުރެއްވި ކަންކަމަށް މަރުހަބާ ދަންނަވާފައި ކަމަށެވެ.

ލޫ މިއަދު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ބައްދަލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް