ads
"ހެއްޔާ މަކިޓާ" މުބާރާތުގެ މުއްދަތު އިތުރުކޮށްފި
މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ "ހެއްޔާ މަކީޓާ މުބާރާތް 2024" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެސްޓިއޯ އިން ބުނީ ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ފެބްރުއަރީ 15އާއި ހަމައަށް ކަމަށާއި މިމުބާރާތަކީ އެސްޓިއޯ މަކިޓާގެ ފަރާތުން އިންތިޒާމްކޮށްގެންހެއްޔާ މަކިޓާ މުބާރާތް ބާއްވާ 3 ވަނަ ކަމަށެވެ.

މި މުބާރާތަކީ މަކިޓާ ޕަވަރޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ މުބާރާތެއްކަމަށް އެސްޓީއޯއިން ބުނެއެވެ. 

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއްކަމަށާއި އެސްޓީއޯގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދިނުންކަމަށް އެސްޓީއޯއިން ބުނެ އެވެ. 

މި މުބާރާތުގެ އެއްވަނަ އިނާމަކަށް 50000 ރުފިޔާ މަކިޓާ ޓޫލްސް ވޮލްޗާ އެއް ލިބިގެންދާ އިރު ދެ ވަނަ އިނާމަކަށް 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ އެއް އަދި ތިން ވަނަ އިނާމެއްގެ ގޮތުން 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެއް ލިބިގެންދާ މި މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00އާއި ހަމައަށެވެ 

އެ މުބާރާތުގައި ރަޖިސްޓްރީވުމަށް މަކީޓާ ޝޯރޫމަށާއި، އީމޭލް މެދުވެރިކޮށް އަދި 7980240 ނަމްބަރަށް ވައިބާ މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް