ads
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫގެ ޕްރޮމޯޝަނެއް
މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުރިއަށް ގެންދާ ދުވަސްތަކުގައި ހުޅުމާލެ ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓުން ހިދުމަތް ހޯދައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށްދާ ކަމަށް އުރީދޫއިން ބުނެފައިވެ އެވެ.

މި ޕްރޮމޯޝަންގައި އުރީދޫގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތުގެ އިތުރުން 5ޖީ ޑިވައިސްއެއް ނަގައިގެން މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ.

އުރީދޫގެ މި ޕްރޮމޯޝަންގައި، ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ އަގުހުރި އެތަށް އިނާމުތަކެއް ވަނީ ހިމަނާފަ އެވެ.

ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ކަސްޓްމަރުންނަށް އެހީތެރިވުމަށް އުރީދޫގެ ޓީމުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރުދީއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް